އުތުރުކޮރެއާއިން އެންމެފަހުން ޓެސްޓުކުރި މިސައިލް ވަނީ ފެއިލްވެފަ - ދެކުނު ކޮރެއާ

images

އުތުރުކޮރެއާއިން ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރަމުގެ ތެރެއިން އިއްޔެ ޓެސްޓުކުރި ދެ މިސައިލްވެސް ފެއިލްވެފައިވާކަމަށް ދެކުނުކޮރެއާއިން ހާމަކޮށްފިއެވެ.

މިއީ އުތުރުކޮރެެއާއިން އދ.ގެ މުވަހަދާތަކާ ދެކޮޅަށް ކުރިއަށްގެންދާ ނިއުކްލިއަރ ޓެސްޓުތަކުގެތެރެއިން އެންމެ ފަހުން ޓެސްޓުކުރި ދެ މިސައިލެވެ.

މި މިސައިލްތައް ފެއިލްވެފައިވާކަން ދެކުނު ކޮރެއާއިން ހާމަކުރައްވާފައިވާއިރު މިކަމުގެ އަސަރު މި ފެށޭ ހަފްތާގައި އޮންނަ އުތުރުކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ކޮންގްރެސްއިން ފެނިގެންދާނޭކަމަށް ބައިނަލަޤްވާމީ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރެއެވެ.

މި މިސައިލްތައް އެމެރިކާގެ ޖިއޮލޮޖިކަންސާރވޭ ގެ ރާޑާރުތަކުން، ޓްރެކްކުރެވިފައިވާއިރު މި މިސައިލްތައް އުުތުރުއެމެރިކާގެ އެއްވެސް ސަރަހައްދަކަށް ދައްކާފައިނުވާކަމަށް އެގައުމުންވަނީ ހާމަކޮށްފައެވެ.

މިސައިލްތައް ފެއިލްވުމާއެކު ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ އުތުރުކޮރެއާއަށް އަމާޒުވެފައެވެ. އެގޮތުން އެެއްބަޔަކު ބުނާގޮތުގައި މެދުކެނޑުމެއްނެތި އުތުރުކޮރެއާއިން ފޮނުވަމުންދަ މިސައިލްތައް ފެއިލްވަމުންދާއިރު، ނިޒާމް ވަރުގަދަކޮށް ރަނގަޅުކުރުމުގެ މަސައްކަތެއް އެގައުމުން ކޮށްފައެއްނުވެއެވެ. އަދި ޓެސްޓުކުރަން މިސައިލްތައް ފޮނުވެމުންމިދަނީ ވަރަށްބޮޑަށް އަވަސްއަރުވަލެވިގެންކަމަށް ގިނަބަޔަކު ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.