އެންމެން އެކުވެރި ވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އެންމެހާ ދިވެހިރައްޔިތން އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ވަރުގަދަކޮށް އެބައިވަންތަބައެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް ރައީސް ޔާމީން އިލްތިމާސް ކުރައްވައިފިއެވެ.

އީދު ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވަމުން އެމަނިކުފާނު ވިދާޅުވީ "އިސްލާމްދީން އެއްބައިވަންތަކަމަށް ބާރުއަޅައި ގޮވާލާ މިންވަރު، ޙައްޖުގެ މަތިވެރި މަނާސިކުން އަޅުގަނޑުމެންނަށް އެނގިގެންދާ" ކަމަށެވެ.
އެހެންކަމުން އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ މަތިވެރި ޢަޒުމް އާކުރެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ޢީދަކީ މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ މުނާސަބަތެއްކަމަށެވެ. އީދަކީ ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އަޚުވަންތަކަމުގެ ގުޅުން ގާއިމުކޮށް ދެމެހެއްޓުމުގެ މުހިއްމުކަން ހިތްތަކަށް ގެނެސްދޭ އުފާވެރި މުނާސަބަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަޟްޙާ ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ މުޅި އިސްލާމީ އުންމަތަށް އަރިސްކުރައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.