ފޮނަދޫ މަގުތަކުގައި ތާރުއަޅަން ރަސްމީކޮށް ފަށައިފި

ހައްދުން މަތީ ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

 އެރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމަސައްކަތް ފަށްޓަވައި ދެއްވީ ހައުންސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒާއި، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިމަޝްރޫއުގެ ދަށުން އެރަށުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅަން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީ ވިދާޅުވިއެވެ. އެއީ 9 މަގެކެވެ. އެމަގުތަކުގައި ޖުމްލަ 4.7 ކިލޯމީޓަރުގެ ތާރު އެޅުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 47 މިލިއަން ރުފިޔާ އަރައެވެ.

ފޮނަދޫގެ މަގުހެދުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުންނެވެ. އެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ނިމޭނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ވިދާޚވިއެވެ.

 "މި މަޝްރޫއުގެ ދަށުން ފޮނަދޫގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާނެ. ސެމްޕެމްބަރ މަސްތެރޭގައި މިމަސައްކަތް ނިމެނޭ. މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުން،" މިނިސްޓްރީގެ މީޑިއާ ބޭފުޅަކު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.