ދެރަށެއްގެ ޚާއްސަ ދެމަޝްރޫއެއް ހިންގުމަށް ބަޔަކާ ހަވާލުކޮށްފި

އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ބަޔަކާ މިއަދު ހަވާލު ކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ މިނިސްޓްރީގައެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާއެވެ.

މި ދެ މަޝްރޫއުގެ ތެރެއިން މަތިވެރީ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތަކީ 13،558،970 ރުފިޔާ ޚަރަދުވާ މަސައްކަތެކެވެ. ނިލަންދޫ ފެނުގެ ނިޒާމްގެ މަސައްކަތަށް 16،724،160.60 ރުފިޔާ ޚަރަދުވާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ދެ މަޝްރޫގައިވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ. އަދި އެޑްވާޑް އެންޑް ކްރިސްޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.

މި ދެމަޝްރޫއު އެކުންފުންޏާ ހަވާލުކުރީ ސޮއިކުރާ ދުވަހުން ފެށިގެން އެއް އަހަރުތެރޭ ނިންމާ ގޮތަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.