ބީއެމްއެލް އިން 'ޕިންކް ރިބަން ރަން-ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދީފި

ބޭންކް އޮފް މޯލްޑިވްސް އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ 'ޕިންކް ރިބަން ރަން ވޯކް'  އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުރުން 11 ރަށެއްގައި މި އިވެންޓް މިއަދު ވަނީ 2400 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީކޮށްގެން ކުރިއަށްގެންގޮސްފައެވެ.

މި އިވެންޓް ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށެވެ.

ބޭންކުން ވަނީ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެންސަރ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 200,000 ރުފިޔާ ސީއެސްއެމް އަށް ހަދިޔާކޮށްފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަށާއި 'ޕިންކް ރިބަން ރަން ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.