ދިޔަވެ އަޑިޔަށްދިޔަ ލޯންޗެއްގެ ދިޔަ ހިއްކުމުގައި އެމްއެންޑީއެފް އެހީތެރިވެއްޖެ

މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮއްވާ ދިޔަވެ އަޑިޔަށްދިޔަ ލޯންޗަކުން ދިޔަ ހިއްކުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ސަރަހައްދުގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މަޢުލޫމާތު އިއްޔެ ހަވީރު 17:47 ހާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
އަމިއްލަ ފަރާތެއްގެ ކެރޭނެއްގެ އެހީގައި ދިޔަވެ އަޑިއަށް ދިޔަ ލޯންޗު ފެންމަތިކުރުމުން، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ޕަންޕު ބޭނުންކޮށްގެން، އެ ލޯންޗުގައި ބޮޑުވެފައި އޮތް ދިޔަގަނޑު އެއްކޮށް ހިއްކަދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.