ފިލާ ބިލްޑިންގް ގައި ރޯވި އަލިފާން ނިއްވާލައިފި

ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ރޭ 04:41 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ބެލްކަނީގައި ހުރި ކުނިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:57 ހާއިރުއެވެ.
މި ހާދިސާގައި ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.