ކުރީގެ މެންބަރު ނިހާދަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުކަން ވަނީ އެނގިފައެވެ.

ނިހާދުއާއެކު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ދެން ތިއްބަވަނީ އަހްމަދު ނާޒިމް މުހައްމަދާއި ހާރިޒް މުހައްމަދެވެ.

ނިހާދު ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީ ދޫކޮށް، ވެރިކަންކުރާ ޕީއެންސީ އަށް ސޮއިކުރައްވާފައެވެ. އަދި ނިހާދާ އެކު އެމްޑީޕީގެ 13 މެންބަރަކު މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޕީއެންސީ އަށް ސޮއިކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.