ލޯންޗު ދުއްވި ކެޕްޓަންގެ ބަންދަށް 15 ދުވަސް ޖަހައިފި

ފާނަ މަސްވެރިިކަމުގައި އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވި ހާދިސާގައި، ލޯންޗު ދުއްވަން އިން ކެޕްޓަންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

އެ މައްސަލާގައި އިއްޔެ ލޯންޗު ދުއްވަން އިން ކައްޕި ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. އަދި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ހެނދުނު ގާތްގަނޑަކަށް 7:30 ހާއިރު އެ ހާދިސާ ހިނގާފައިވަނީ އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަން ކުރަން ފައިބާ އުޅުމުގެ ތެރޭގައި މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗަކުން ޖެހިގެންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ދަނގެތީ ކައިރިއަށް ފާނަ މަސްވެރިކަަމަށް ފައިބާ އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހިފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 7:55 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ލޯންޗުން ޖެހުނު މީހާ ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި މަރުވެފައިވަނީ ފ. ފީއަލީ "ޓްވިންސް" ދޯނިން ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު ބިދޭސީ އެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.