މާދަމާގެ ޖަލްސާއަށް މެންބަރުން ވަނަދެއްވާ:އިއްތިހާދު

މަޖީލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފައިވާ 12 މެންބަރުން މާދަމާގެ ޖަލްސާއަށް ވަނުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު އިއްތިހާދުން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ސްޕްރީމް ކޯޓުން މިރޭ ނެރެފައިވާ އަމުރުގައި 12 މެންބަރުންގެ ގޮނޑި ގެއްލުނުވާހަކައެއްނެތް ކަމަށެވެ. އެހެންވީމާ މާދަމާގެ ޖަލްސާގައި އެ މެންބަރުންނަށްވެސް ބައިވެރިވެވެންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމަށްފަހު އެ 12 މެންބަރުން މާދަމާގެ ޖަލްސާއަށް ވެއްދުމަކީ ސަލާމާތީ ޚިދުމަތްތަކުން ކޮށްދެއްވަންޖެހޭ ކަމެއް ކަމަށެވެ. އެހެންވީމާ އެކަން ކޮށްދެއްވުމުގައި އެބޭފުޅުން ފަސްޖެހި ވަޑައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ފަރާތުން ވާހަކަ ދައްކަވަމުން ޝައިޚު އަލީ ޒާހިރު ވިދާޅުވީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިރޭގެ ހުކުމުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

މިވާހަކަތަކާ ގުޅިގެން ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަން އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ މާދަމާގެ ޖަލްސާއަށް އެ12 މެންބަރުން ނުވަދެވޭނެ ކަމަށެވެ. މިރޭގެ ހުކުމްވެސް އެކަން އެނގޭ ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.