ހެޔޮބަދަލަކަށް އެދި ދަތުރުފެށުމަކީ ޒާތީވުމެއްނޫން ކަމަށާއި އެއީ ރައްޔިތުންގެ ފަރުދީ ޒިންމާއެއް ކަމަށް މޭޖަރ ރިޓެއަރޑް އާދަމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވަނީ ޒަމާނަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ޤައުމަށް ފައިދާ ލިބޭނީ ޤައުމުގައި ތިބި އިލްމީ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާ ހޯދާ މިންވަރެއްގެ މައްޗަށް ކަމަށެވެ. އަދި ދޮށީއުމުރުގެ ފަރާތްތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެން ކަމަށެވެ.
އެ ޕޯސްޓުގައި ވަނީ ޤައުމުގެ ތަރައްޤީއަށް ހުރިހާ ރައްޔިތުންގެ ބައިވެރިވުމަށް ގޮވާލައިގެން ކަމަށާއި ޤައުމީ ޚިދުމަތީ ވަކި ސިޔާސީ ޕާރޓީގެ މެންބަރުންގެ ގޮތުގައިވުމުން ނޫނީ ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައި ދެކުމަކީ ކުށްހީއެއް ކަމަށެވެ.
މީގެ އިތުރުން ޤައުމުގައިތިބި އިސްޚިދުމަތްތެރިން ސިޔާސީ ނަޒަރުން ކިރާ ބާކީކޮށްލުމަކީ މުޅިޤައުމަށް އެކަމުންގެއްލުން ލިބޭނެކަމެއް ކަމަށާއި އުފެދިފައިވާ ވަކި ސިޔާސީ ޕާރޓީއެއް އެކަނި ޤައުމުގެ ވެރިކަން ކުރުމުގެ ޤާބިލްކަމެއް ފެންނަމަކުންނުދާ ކަމަށް ވެސް ބުނެފައި ވެއެވެ.
"އެހެންކަމުން ޤައުމުގެ ތަރައްޤީއަށް އަދިވެސް ދަސްނުވަނީ ރައްޔިތުން ގެދޮރުވެރިކުރުވުމާއި ރައްޔިތުންގެ ފުދުންތެރިބަޔަކަށް މަގުކޮށާދިނުމެވެ. އަދި ކުށްކުރުން ޙައްލުކުރުމަށް ހެދިފައިވާ ހުރި ގޯސްތަކެވެ. ވެރިކަމުގެ ފަރާތުން ޤަބޫލުކުރަން ބޭނުންނުވަނީ މައްސަލަތައް ހައްލުކުރުމުގައި އެކަށީގެންވާ ހަލުވިމިނެއް ގެނައުމަށް އުނިކަންތައްތަކެއް ހުރިކަމެވެ." އާޒިމްގެ ޕޯސްޓުގައި ވެއެވެ.
އާޒިމްގެ ޕޯސްޓުގައި އިތުރަށް ވަނީ، އެހެންކަމުން ޤައުމުތަރައްޤީވެ، ކުރިއަށްދެވޭނީ ސިޔާސީ ފިކުރާއިއެކު ޤައުމީ ފިކުރާ ގުޅިލާމެހިގެން، ގިނަބައެއްގެ ޚިޔާލާއިއެކު ޤަބޫލުކުރާ ހަމަތަކާއި އުސޫލުތަކުގެ މަތިން ކަމަށެވެ. އަދި ޤައުމުގައި ހުރި އުނިކަންކަމަށް ރައްޔިތުން ޚިޔާލުފާޅުކުރުމަކީ ޤައުމުގެ ތަރައްޤީއަށް ފައިދާހުރިކަމެއް ކަމަށެވެ.
އެމްއެންޑީއެފް ގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވުމަށްފަހު، މަގާމުން ރިޓެއަރ ކުރައްވާފައިވާ އާޒިމް ގެންދަވަނީ އޭނާގެ ޚިޔާލު، ފޭސްބުކް މެދުވެރިކޮށް ހާމަކުރައްވަމުން ނެވެ.
ވަރަށް ރަގަޅު ބަސްކޮޅެއް. ބަހާއި އެއްގޮތަށް އަމަލު ބަހައްޓައިފިނަމަ ވަރަށްވެސް ރަގަޅުވާނެ.