![medium_148446](https://aafathis.mv/wp-content/uploads/2018/02/medium_148446-678x381.jpg)
ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ގޮސް އެމަނިކުފާނު ހައްޔަރުކޮށް ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މީޑިއާގައި ފަތުރުނީ ދޮގު ޚަބަރެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވެފައިވަނީ "އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުންވަދެ އުއްތަމަ ފަނޑިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެ މީޑިއާގައި ހިއްސާ ކުރަމުންދާ މައުލޫމާތަކީ ދޮގެއް" ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރަން އުޅޭކަމުގެ ޚަބަރު ލިބިގެން އާންމުގެ ބައެއް މީހުން މިރޭވަނީ އެމަނިކުފާނު ދިރިއުޅުއްވާގެ ކައިރިއަށް ގޮސްފައި ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ. އާންމުން އެގެކައިރިން ދުރަށް ޖެއްސެވުމަށް ފުލުހުން މިރޭވަނީ މަސައްކަތް ކުރައްވައިފައެވެ.