އައްޑޫސިޓީގައި މަގުމަތިން ހިނގާފަދިޔަ މީހެއްގެ ގައިގާ ލޮރީއަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ގައިގާ ލޮރީން ޖެހުމުގެ ސަބަބުން ބޮލަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ. އަދި އޭނާއަށް މިހާރުއަންނަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓް ހިންގާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ބުނީ ވެހިކަލަކުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މި އެކްސިޑެންޓަގައި ދިވެހި ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.