މިނީ ބަސް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި މަޑުކޮށްގެން ނުތިބުމަށް ފުލުހުން އިލްތިމާސް ކޮށްފި

ފޮޓޯ: އެމްޓީސީސީ

މިނީ ބަސް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި މަޑުކޮށްގެން ނުތިބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ ހެވީ ވެހިކަލްސް މި މަގުތަކުގައި ބޭނުންކުރުން ވީހާވެސް ބޮޑަކަށް މަދުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން މިނީބަސް ދުއްވާ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވާ ގަޑިތަކާއި ސްކޫލްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި، މުދާ އުފުލާ އުޅަނދުފަހަރު ނުދުއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، މިނީބަސް ދުއްވާ މަގުތަކުގައި، ޚާއްސަކޮށް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެކަން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން ޕާކު ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ބަސް ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހާނެކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.