އެމްޑީޕީން ވަނީ ސަލަފް ޖަމްއިއްޔާ އިލްމްވެރިންގެ އަގު ވައްޓާލާފަ- ޚަލީލް

އިދިކޮޅު އެމްޑީޕީން ވަނީ ރާއްޖޭގައި ދީނީ އިލްމްވެރިން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ސަލަފް ޖަމްއިއްޔާގެ އަގު ވައްޓާލާފައި ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލަފްގެ އިލްމްވެރިންގެ ތަފާތު ފޮޓޯތައް ބޭރުގެ އެކިފަރާތްތަކަށް އެމްޑީޕީން ފޮނުވައި، އެ އިލްމްވެރިންނަކީ ހައްދު ފަހަނައަޅާފައިވާ އިލްމްވެރިން ކަމަށް ބުނަމުން އަންނަ ކަމަށާއި އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރުވެސް ސަލަފްގެ އިލްމްވެރިންގެ ބޮލުގައި އެފަދަ އިލްޒާމް އަޅުވާފައިވާ ކަމަށެވެ. ޚަލީލް ވިދާޅުވީ ސަލަފް ޖަމްއިއްޔާއިން ކުރިޔަށް ގެންދިޔަ މަސައްކަތް ތަކަކީ ހެޔޮނިޔަތުގައި ކުރި މަސައްކަތް ތަކެއް ކަމަށެވެ.

ސަލަފް ޖަމްއިއްޔާއަކީ ރާއްޖޭގައި ދީނީ ކަންކަން ހިންގުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާއިން ރަށްރަށުގައި ދީނީ ދަރުސް ދިނުމާއި ދީން ފެތުރުމަށް ތަފާތު އެކިކަހަލަ ޕްރޮގްރާމްތައްވެސް ހިންގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.