ވާދަނުކުރެވޭނެކަން ޔަގީންވުމުން ނަޝީދު އުޅުއްވަނީ ވަކިބޭފުޅަކަށް ކޯލިޝަނުގެ ޓިކެޓް ހޯދައިދޭން- ޝައިނީ

ކުރީގެ ރައީސް މުޙަންމަދު ނަޝީދު ކޮޅުނބުގައި އިއްޔެ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އަމިއްލަފުޅަށް ބަލި ގަބޫލު ކުރައްވައިފި ކަމަށާއި ނަޝީދު މިހާރު އުޅުއްވަނީ ރައްޔިތުން ގުނބޯ ހައްދަން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީ ވިދާޅުވެއްޖެއެވެ.

އދ. ގެ ސެކްރެޓަރީ ކައުންސިލަށް ރާއްޖެ މިފަހަރު ވާދަކުރަން ނިންމާފައިވާތީ ރައީސް ޔާމީންގެ ޚާއްސަ މަންދޫބުގެ ގޮތުގައި ބޭރުގެ ގައުމުތަކުގެ ތާއީދު ހޯއްދެވުމަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެން މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޑރ ޝައިނީ ވިދާޅުވީ އިއްޔެ ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުން ދޭހަވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަނުކުރެއްވޭނެކަން އަމިއްލަފުޅަށް ކަށަވަރު ވެފައި ހުންނެވުން ކަމަށެވެ.

ޑރ ޝައިނީ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަނުކުރެއްވޭނެކަން އަމިއްލަފުޅަށް މިހާރު ކަށަވަރު ކުރެއްވުމުން ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ ކޯލިޝަނުގެ ތެރެއިން އެހެން ބޭފުޅަކު އިންތިޚާބުގައި ވާދަކުރަން އަޔަނުދެއްވައި ނަޝީދު ބޭނުންފުޅުވާ ވަކި ބޭފުޅަކަށް އެ ފުރުޞަތު ހޯއްދަވައި ދެއްވާށެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ދެން ދުވަހަކުވެސް ރައީސް ނަޝީދަށް ވަޑައިނުގެންނެވޭނެކަން ވަރަށް ބޮޑަށް ޔަގީން ކަމަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.