މަރުޙަބާ އާމާލް- ލޯފަން ކުއްޖެއް، އޯލެވެލްގައި ބައިވެރިވި ހުރިހާ މާއްދާއަކުން ފާސްވި

އާމާލް އަދި އޭނާގެ މަންމަ، ފޮޓޯ ޅ. އަތޮޅު ތައުލީމީ މަރުކަޒު

މިއަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ލޯފަން ކުއްޖެއް ކަމަށްވާ ޅ. ހިންނަވަރު، މަރިޔަމް އާމާލް އަބްދުﷲ ހުރިހާ މާއްދާއަކުން ފާސް ވެއްޖެއެވެ.

ހިންނަވަރުގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު ތައުލީމް ހާސިލްކުރި އާމާލް އޯލެވެލްގައި ބައިވެރިވީ ހަތަރު މާއްދާއަކުންނެވެ. އެއީ ދިވެހި އިސްލާމްގެ އިތުރުން އެކައުންޓްސް އާއި ހިސާބެވެ. މިއިން ކޮންމެ މާއްދާއަކުން އާމާލް ވަނީ "ސީ" ހޯދާފައެވެ.

އޯލެވެލްގައި ބައިވެރިވެ އާމާލް މިހޯދި ކާމިޔާބީ އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އާމާލްއަށް މިނިސްޓަރު ވަނީ މަރުހަބާ ދަންނަވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.