ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި

ބޮޑުތަކުރުފާނު މަގު، އައިޖީއެމްއެޗް ސަރަހައްދުން ބާރު ސްޕީޑުގައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ތޮށިގަނޑުގައި ޖެހި މިއަދު ފުރޮޅާލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހުއެވެ. މަންޒަރު ދުށް މީހަކު ބުނީ ޕިކަޕް ދުއްވާފައި ދިޔައީ ފުދޭވަރަކަށް ބާރަށް ކަމަށާއި ބްރެކި ޖެއްސުމުންވެސް ކޮންޓްރޯލް ނުވެ ގޮސް ވަށައި ތޮށީގައި ޖެހުނުލެއް ބާރު ކަމުން ފުރޮޅާލީ ކަމަށެވެ.  ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ދުއްވަން އިން ޑްރައިވަރަށް މާބޮޑު އަނިޔާއެއް ނުވާކަމަށްވެއެވެ. އަދި އެ ސަރަހައްދުން ދިޔަ އެހެން މީހަކަށްވެސް އެއްވެސް އަނިޔާއެއް ނުވެއެވެ.

މިހާދިސާ ހިނގިތާ ގިނައިރު ތަކެއްނުވެ ހޮސްޕިޓަލް ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންވެސް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.