އިދިކޮޅުން ހުކުރު ދުވަހުގެ ރޭ ފ. މަގޫދޫގައި ބޮޑު ޖަލްސާއެއް

އިދިކޮޅު އިއްތިހާދުގެ ފަރާތުން އަންނަ ހުކުރު ދުވަހުގެ ރޭ ފ. މަގޫދޫގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފ. މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅުނު ޖަލްސާ ފަސްކުރަން ޖެހުނީ ސްރީލަންކާގެ ސަރަޙައްދަށް އައި ބާރުގަދަ ތޫފާނުގެ ސަބަބުން ރާއްޖޭގެ މޫސުންވެސް ކަނޑު ދަތުރު ނުކުރެވޭ ވަރަށް ގޯސްވުމާއި ގުޅިގެންނެވެ.

އެހެންވެ ފަސްކުރި ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ މަގޫދޫގައި ބާއްވަން މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މި ޖަލްސާގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫނުގެ ޓީމުންވެސް ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން ދާދި ފަހުން ވަނީ ގދ. ތިނަދޫގައިވެސް ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އިދިކޮޅުން ތިނަދޫގައި ބޮޑު ޖަލްސާ ބޭއްވިތާ އެއްދުވަސް ފަހުން ވެރިކަންކުރާ ޕީޕީއެމުން ވަނީ ތިނަދޫގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.