ބަންގްލަދޭޝް ވެއިޓަރ މަރާލި ޕާކިސްތާނުގެ ޝެފް ގެ ބަންދަށް 15 ދުވަސްއެވެ.
ފުލުހުން ބުނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީބްނަދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން މިރޭ ކަމަށެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ ޕާކިސްތާނުގެ އުމުރުން26 އަހަރުގެ މުހައްމަދު އާބިދެވެ. އޭނާ މަރާލީ އެކުގައި ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.