ރޯދަ މަޖާ: ސުވަރުގެ

ކިތައް ބުޅާ؟

މުދައްރިސު ސުވާލު ކުރެއްވިއެވެ. "އަހަރެން އަޙްމަދަށް މިއަދު ހަ ބުޅާ ދީފައި މާދަމާ ހަތަރު ބުޅާ ދީފިއްޔާ އަޙްމަދުގެ އަތުގައި އޮންނާނީ ޖުމުލަ ކިތައް ބުޅާ؟"

އަޙްމަދު ނަންގަތެވެ. "އެގާރަ ބުޅާ."

މުދައްރިސު ބުނުއްވިއެވެ. "ޖަވާބު ރަނގަޅެއް ނޫން. ރަނގަޅު ޖަވާބަކީ ދިހަ ބުޅާ."

އަޙްމަދު ނަންގަތެވެ. "ނޫން. ޖަވާބު ރަނގަޅު. އަޅުގަނޑުގެ އަތުގައި، ގޭގައި މިހާރުވެސް އެއް ބުޅާ އެބައޮތް."

ޖީބުދަބަހުގެ އަގު

މުދައްރިސު ބުނުއްވިއެވެ. "މުދައްރިސުގެ ޖީބު ދަބަސް ގެއްލިއްޖެ. އޭގައި އޮންނާނެ ފަސް ސަތޭކަ ރުފިޔާ. ދަބަސް ހޯދައިގެން ގެނެސްދިން ކުއްޖަކަށް ވިހި ރުފިޔާގެ އިނާމެއް ދޭނަން."

ހިމޭން ހިނދުކޮޅަކަށް ފަހު ކުލާހުގެ ފަހަތު ގޮނޑިބަރިން ކުއްޖަކު ބުނެލީ އަޑު އިވުނެވެ. "އަހަރެން ދޭނަން ފަންސާސް ރުފިޔާ."

ސުވަރުގެ

ޕްރީ ސްކޫލް ކުލާހަކަށް ސްކޫލްގެ ޕްރިންސިޕަލް ވަދެއްޖެއެވެ. ކުލާހުގެ ހުރިހައި ކުދިން ތިބީ ކުރަހާށެވެ. އެތަނުން ކުއްޖެއްގެ ކައިރިއަށް ހުއްޓިފައި ޕްރިންސިޕަލް އަހައިލިއެވެ. "ކޮއްކޮ ތިޔަ ކުރަހަނީ ކޯނޗެއް؟"

އެ ކުއްޖާ ބުންޏެވެ. "އަޅުގަނޑު މި ކުރަހަނީ ސުވަރުގެ."

ޕްރިންސިޕަލް ބުންޏެވެ. "ސުވަރުގެ ހުންނަ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ."

އެ ކުއްޖާ ހަމަޖެހިލާފައި ބުނެލިއެވެ. "އަޅުގަނޑުގެ ކުރެހުން ނިމުނީމާ އެނގިދާނެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.