ކާ އެއްޗެހީގެ އަގު
މީހަކު ރެސްޓޯރަންޓަކަށް ވަދެއްޖެއެވެ. މޭޒު ދޮށުގައި އިށީނީމާ ވޭޓަރު މެނޫ ގެނެސް ދީފިއެވެ. އޭނާ މެނޫ ބަލައިލީއިރު އެއްވެސް އެއްޗެއްގައި އަގު ޖަހައިފައެއް ނެތެވެ. އޭނާ އަހައިލިއެވެ. "ފްރައިޑް ރައިސް ދެނީ ކިހިނެއް؟"
ވޭޓަރު ބުންޏެވެ. "ރުފިޔާއަކަށް."
އޭނާ އަހައިލިއެވެ. "ސުޕް ނޫޑްލްސް ދެނީ ކިހިނެއް؟"
ވޭޓަރު ބުންޏެވެ. "ބައި ރުފިޔާއަކަށް."
އޭނާ އަހައިލިއެވެ. "ކޯކް ދަޅެއް ދެނީ ކިހިނެއް؟"
ވޭޓަރު ބުންޏެވެ. "ފަންސަވީސް ލާރިއަށް."
އޭނާ ހައިރާން ވެފައި ބުންޏެވެ. "މިތާނގެ ކެއުން ހާދަހާ އަގު ހެވޭ. މި ހޮޓަލުގެ ވެރިމީހާ ކޮބާ؟ އޭނާޔާ ސަލާން ކޮށްލަން އަހަރެން ބޭނުން."
ވޭޓަރު ބުންޏެވެ. "މަތީގައި ހުރި ކޮޓަރީގައި އަހަރެންގެ އަނބިމީހާޔާއެކު އެބަ އުޅޭ."
އޭނާ އަހައިލިއެވެ. "ކަލޭގެ އަނބިމީހާޔާ އެކު އޭނާ ކީއްކުރަނީ؟"
ވޭޓަރު ބުންޏެވެ. "އޭނާގެ ވިޔަފާރިއަށް އަހަރެން މި ކުރާ ކަންތައް."
ކަންފަތުގެ މައްސަލަ
މީހަކު ޑަކްޓަރަކަށް ފޯނު ކޮށްފައި ކޮށްފައި ބުންޏެވެ. "އަޅުގަނޑުގެ އަނބިމީހާއަށް ރަނގަޅަށް އަޑު ނީވޭހެން ހީވޭ. އެކަން ރަނގަޅު ކުރާނޭ ގޮތަކީ ކޮބައިތޯ؟"
ޑަކްޓަރު ބުންޏެވެ. "އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަޑު އިވޭތޯ ބެލުން."
އެމީހާ އަހައިލިއެވެ. "އަޑު އިވޭތޯ ބަލާނީ ކިހިނެއްތޯ؟"
ޑަކްޓަރު ބުންޏެވެ. "ފުރަތަމަ އަނބިމީހާގެ ފުރަގަހުގައި ފަނަރަ ވަރަކަށް ފޫޓު ދުރުގައި ހުރެގެން ސުވާލެއް ކޮށްލާ. ޖަވާބު ނުދިނިއްޔާ ދިހަ ފޫޓަށް ކައިރިއަށް ޖެހިލާފައި ސުވާލު ކޮށްލާ. އެހެން ކައިރިވަމުން ސުވާލު ކުރަމުން ގެންދޭ. އަޑު އިވޭ ވަރެއް އޭރުން އެނގިދާނެ."
އޭނާ ގެއަށް ގޮސް އަނބިމީހާ ބަދިގޭގައި ކައްކަން ހުއްޓައި ފަނަރަ ވަރަކަށް ފޫޓު ދުރުގައި ހުރެފައި އަހައިލިއެވެ. "މިއަދު ރޯދަ ވީއްލަން ކައްކަނީ ކޯނޗެއް؟"
އެއްވެސް ޖަވާބެއް ނުލިބުނެވެ.
އޭނާ ދިހަ ފޫޓަށް ކައިރިއަށް ޖެހިލާފައި އަހައިލިއެވެ. "މިއަދު ރޯދަ ވީއްލަން ކައްކަނީ ކޯނޗެއް؟"
ޖަވާބެއް ނުލިބުނެވެ.
އޭނާ ފަސް ފީޓަށް ކައިރިއަށް ޖެހިލާފައި އަހައިލިއެވެ. "މިއަދު ރޯދަ ވީއްލަން ކައްކަނީ ކޯނޗެއް؟"
ޖަވާބެއް ނުލިބުނެވެ.
އޭނާ އަނބިމީހާގެ ގައިގައި ޖެހޭ ހިސާބަށް ކައިރި ވެލާފައި އަހައިލިއެވެ. "މިއަދު ރޯދަ ވީއްލަން ކައްކަނީ ކޯނޗެއް؟"
އަނބިމީހާ ބުނެލިއެވެ. "މި ބުނަނީ ހަތަރު ވަނަ ފަހަރަށް. ކައްކަނީ މުގުރިހަޔާ ބަތާ."