މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރައިގައި ރާއްޖޭގެ ބަޔެއް ރަށްރަށުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ލިބެން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދ. މީދޫ އާއި ޅ. ނައިފަރު އާއި ހޮޅުދޫ އަދި އެނޫންވެސް ބަޔެއް ރަށްރަށުގައި ބޯކޮށް ވެހެމުން އަންނަ ވާރޭގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެންބޮޑު ވެފައެވެ. ފެންބޮޑުވި ބަޔެއް ރަށްރަށުގައި ގޭގެޔަށް ފެންވަދެ ހިފައިގެން ގުޅޭ ކަރަންޓުގެ ސަމާނާއި އެނޫންވެސް ބަޔެއް ސާމާނުތައް ވަނީ ހަލާކުވެފައެވެ.
ވެލިބަސްތާ ޖެހި ނަމަވެސް ބަޔެއް ރަށްރަށުގައި ފެންބޮޑުވި މިންވަރު ބޮޑުކަމުން ދަނީ ގެއްލުންތައް ވަމުންނެވެ. މޫސުމާބެހޭ އޮފީގުން ބުނީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ އަދިވެސް ދަނީ ތޫފާނުގެ ބާރު ގަދަކުރަމުން ކަމަށެވެ. ނަމަވެސް ތޫފާން އުފެދިފައި ވަނީ ސްރީލަންކާގެ މަތިންނެވެ.
މޫސުމާބޭ އޮފީހުން ބުނީ ތޫފާންގެ މިސްރާބު ރާއްޖެއާ ދުރަށް ހުރި ނަމަވެސް ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށެވެ.