އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފި

ކޮމިޝަނުގެ ރައީސް ކަމުގައި ކުރިން ހުންނެވި ޔޫސުފް މާނިޢު މުޙައްމަދު އަށް ރައީސް ލިޔުން ދެއްވަނީ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ރައީސް އޮފީހުން މި ހުޅުވާލެއްވީ އެކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ގ. އަތަ، ޔޫސުފް މާނިޢު މުޙައްމަދު އެ ކޮމިޝަނުގެ ރައީސްކަމުންނާއި މެމްބަރުކަމުން ވަކިކުރައްވާފައި ވާތީ، ހުސްވެފައިވާ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތި ލެއްވުމުގެ ފުރުޞަތު އަންނަ މަހުގެ 6 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.