މިދިޔަ ހަތަރު އަހަރަކީ ފަސޭހަ ހަތަރު އަހަރެއްނޫން- ރައީސް

މި ސަރުކާރަށް ހަތަރު އަހަރު ފުރުނުއިރު ފާއިތުވީ ހަތަރު އަހަރަކީ ފަސޭހަ ހަތަރު އަހަރު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހުވެސް ނަގަމުން އައީ "ކަޅު ވިލާގަނޑެއް" ކަމަށާއި، ހަތަރު އަހަރު ވީއިރު "ހަތަރު އުދަރެސް ބެދެމުން" އައި ނަމަވެސް އެމަނިކުފާނު އެހީއަށް އެދިވަޑައިގަތީ ﷲ ގެ ހަޒްރަތުން ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސްގެ އިސްތަށިފުޅުގައި އެޅިފައި އޮންނަ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި، ގައުމަށް ވަރަށް ޚިދުމަތްތެރި ރައީސުންތަކެއްވެސް މާޒީވެގެން ހިނގައްޖެ ކަމަށެވެ. ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު ރައީސްކަމަށް ވަޑައިގެން ގައުމާ ހަވާލުވެވަޑައިގަތީ ތިރީސް ހާސް ރުފިޔާގެ ދަރަންޏާ އެކުގައި ކަމަށެވެ. އެހެންވެ އެކަމަކީ ވަރަށް ބޮޑަށް "ބޯގާނަން ޖެހުނު" ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހު ތަރައްގީގެ ވަރަށްގިނަ މަޝްރޫއުތައް ހިންގިންޖެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ތަރައްގީގެ ހިންގުނު ބަޔެއް މަޝްރޫއުތަކުގެ ތަފާސް ހިސާބުވެސް ވިދާޅުވެދެއްވިއެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރު އެމަނިކުފާނަށް ދެއްވަން އަދިވެސް އިމްތިޙާން ކުރައްވާނީތޯ ސުވާލު ކުރެއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.