އަންނަ އަހަރު އާބާދީގެ ބޮލަކަށް 10،300 ޑޮލަރު ޖެހޭނެކަމަށް ލަފާކުރެވޭ- މުނައްވަރު

ކުރިޔަށް އޮތް 2018 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭވަރު 10،000 ޑޮލަރަށް ޖެއްސުމަކީ ސަރުކާރުގެ އަމާޒު ކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މިއަދު ވިދާޅުވީ އެކަން ހާސިލް ކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރުވެސް އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު ވަރަށް ބޮޑުތަން އިތުރު ވެފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދު 6.9 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އިގްތިސޯދު ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ރާއްޖޭގެ ފަތުރުވެރިކަން ކަމަށެވެ. އެގޮތުން އަންނަ އަހަރު ދައުލަތުގެ ރިޒާވް 600 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓް މިއަހަރު 3.4 ޕަސެންޓުގައި ހުރިނަމަވެސް އަންނަ އަހަރު މި އަދަދު  3.1 ޕަސެންޓަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ހުށަހެޅި ބަޖެޓުގައި ހަރަދުގެ ގޮތުގައި ބެލެވެނީ 24.9 ބިލިއަން ރުފިޔާ ކަމަށެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ހުށަހެޅި ބަޖެޓުގެ ރިކަރަންޓު ޚަރަދުގެ ގޮތުގައި ޖަހާފައި ވަނީ  16.1 ބިލިއަން ރުފިޔާއެވެ. މިބައިން އެންމެ ބޮޑަށް ޚަރަދު ކުރަން ޖަހާފައި އޮތީ  މުސަރަ އާއި ޕެންޝަނަށެވެ. ސަރުކާރުން ދޭ އެހީ ތަކާއި، ސަބްސިޑީޒްއަށް 12 އިންސައްތަ ހޭދަކުރުމަށް ޖަހާފައިވާއިރު 11.9 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ފާއިތުވީ ހަތަރު އަހަރު ސަރުކާރުން ހުށަހެޅި ބަޖެޓު ތަކަށްވުރެ ބޮޑު ބަޖެޓެކެވެ. ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ މިއަދު ހުށަހެޅިގެން ދިޔަ ބަޖެޓަކީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހާސިލްކޮށް، ނަތީޖާ ނެރެދޭނެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ބަޖެޓެއް ކަމަށެވެ.

މިދިޔަ އަހަރުވެސް މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް 32 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  މިދިޔަ އަހަރު ސަރުކާރުން ހުށަހެޅި ބަޖެޓަކީ 26.8  ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ހުށަހެޅި ބަޖެޓުގައި ހަރަދުގެ ގޮތުގައި ބެލެވެނީ 24.9 ބިލިއަން ރުފިޔާ ކަމަށެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ހުށަހެޅި ބަޖެޓުގެ ރިކަރަންޓު ޚަރަދުގެ ގޮތުގައި ޖަހާފައި ވަނީ  16.1 ބިލިއަން ރުފިޔާއެވެ. މިބައިން އެންމެ ބޮޑަށް ޚަރަދު ކުރަން ޖަހާފައި އޮތީ  މުސަރަ އާއި ޕެންޝަނަށެވެ. ސަރުކާރުން ދޭ އެހީ ތަކާއި، ސަބްސިޑީޒްއަށް 12 އިންސައްތަ ހޭދަކުރުމަށް ޖަހާފައިވާއިރު 11.9 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ.

މިއަދު ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވިއިރުވެސް އިދިކޮޅު މެމްބަރުން ގެންދެވީ މަޖިލީހުގައި އިހުތިޖާޖު ކުރައްވަމުންނެވެ. ނަމަވެސް މެމްބަރުންގެ އިޙްތިޖާޖުގެ ތެރެއިން ސަރުކާރުން ވަނީ ބަޖެޓް ހުށަހަޅާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.