ރުޅި ނާރުވާށެވެ.

29 މެއި 1990 ގައި ދިއްލީގެ ނޫސް ތަކުގައި ވަރަށް ޢިބްރަތްތެރި ޚަބަރެއް ޖަހައިފައި އޮތެވެ. ސަދްރަޝަން (މޯތީ ނަގަރް) ގެ ކައިރީގައި މީހަކު އުޅުނެވެ. އޭނާގެ ނަމަކީ އަނަންތު ރާމެވެ. ޢުމުރަކީ 35 އަހަރެވެ. އެއީ ރާ ބޯން އާދަ ވެފައިވާ މީހެކެވެ. އޭނާގެ އަތަކު ރާ ގަންނާނޭ ފައިސާއެއް ނުހުރެ އެވެ. އޭނާ އަނބިމީހާ ގެ އަތުން ފައިސާ ކޮޅެއް ލިބޭތޯ އެދުނެވެ. ރާ ބޯން ފައިސާ ދޭން އަނބިމީހާ ދެކޮޅު ހަދައިފި އެވެ. މި މައްސަލައިގައި ދެމަފިރިންގެ ދެމެދުގައި ބޮޑު އަރައިރުމެއް އުފެދިއްޖެ އެވެ. އޭގެ ފަހުން "ޓައިމްސް އޮފް އިންޑިއާ" (29 މެއި 1990) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.

The accused, a habitual drunkard, was enraged when his wife refused to give him money he asked for. Giving way to his tantrums, he dashed his son against the floor, thus killing him then and there.

އެ މުޖުރިމަކީ ރާ ބޯން އާދަ ވެފައި ވާ މީހެކެވެ. އޭނާގެ އެދުމުގެ މަތީން ފައިސާ ކޮޅެއް ނުދިނީމާ އަނބިމީހާ ދެކެ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ އެވެ. އައި ރުޅީގައި އޭނާގެ ދެ އަހަރުގެ ދަރިފުޅު (ރާޖަން) ނަގައި އެތައް ފަހަރަކު ބިމަށް ޖަހައިފި އެވެ. ނަތީޖާ އެއްގެ ގޮތުން އެ ކުއްޖާ ހަމަ އެ ވަގުތު މަރު ވެއްޖެ އެވެ.

އާދަމުގެ ދަރިޔާ ރުޅި އައީމާ އޭނާގެ މައްޗަށް ބާރު ހިންގަނީ ޝައިޠާނާ އެވެ. ވުމާ އެކު ރުޅި އައިސްފައި ހުންނަ ވަގުތު އޭނާ ލާއިންސާނީ ކޮންމެ ކަމެއް ވެސް ކޮށްފާނެ އެވެ. އެއީ ތިމާގެ އަމިއްލަ ދަރިފުޅު އެއްވެސް ރަޙުމެއް ނެތް ގޮތެއްގައި މަރައިލުން ކަމަށް ވިޔަސް އެންމެ ރަނގަޅެވެ.

މިއީ ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަ އުނި ސިފަ އެކެވެ. މި ފަދަ ޙާލަތެއްގައި މުޖުތަމަޢުގައި ރައްކައުތެރި ކަމާއި ކާމިޔާބީ އާ އެކު ދިރިއުޅެން ބޭނުން ނަމަ ޖެހޭނީ އެހެން މީހުން ރުޅި އެރުވުމުން ދުރުހެލި ވާށެވެ. މީހުންނާ މެދު ރިވެތި އަދި މަޑު މައިތިރި ކަމާއެކު މުޢާމަލާތް ކޮށްގެން އެ މީހުން ޝައިޠާނާގެ ޢަމަލުތައް ކުރާ ފަދަ ޙާލަތަކަށް ގެންދިއުމުން ދުރުހެލި ވާށެވެ. މަތީގައި ދެންނެވުނު ފަދަ މޮޔަ ޢަމަލެއް ކޮށްފާނޭ ފަދަ ޙާލަތަކަށް ނުގެންގޮސް ވޭތޯ ބަލާށެވެ.

ރުޅި އާއި ބަދަލު ހިފުމަކީ ވަކި ޤައުމަކަށް ޚާއްޞަ ވެފައި ވާ ކަމެއް ނޫނެވެ. އެއީ ކޮންމެ އިންސާނެއްގެ މިޒާޖުގައި ވެސް ހުންނަ ސިފަ އެކެވެ. އެއީ ކޮންމެ ޤައުމެއްގެ މީހަކަށް ވިޔަސް ވެހެވެ. ރުޅި އާއި ބަދަލު ހިފުން ދެކެން ވާނީ އިންސާނީ މައްސަލައެއްގެ ގޮތުގައެވެ. ވަކި ޤައުމެއްގެ މައްސަލައެއްގެ ގޮތުގައެއް ނޫނެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.