އައްޑޫގައި ބޭންކެއްގެ ސެކިއުރިޓީ ގާޑު ގަޔަށް ވަޅި ޖަހައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހެއްގެ ގަޔަށް ވަޅި ޖަހައިފިއެވެ.

ބޭންކްގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ބަންގްލަދޭޝްގެ މީހާގެ ގަޔަށް ވަޅި ހަރާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވަޅި ޖަހާފައި ވަނީ ބަންގްލަދޭޝް މީހާގެ ކޮނޑަށެވެ. ތިން އިންޗި ފުންމިނަށް ވަޅި ޖަހާފައި ހުރުމުން އެމީހާ ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ބިދޭސީ ސެކިއުރިޓީއަށް ހަމަލާ ދިން ބަޔެއް ހޯދިފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމާއި ގުޅިގެން މީހާކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.