ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ޕީއެންސީގެ ލީޑަރ ޢަބްދުއްރަޙީމް ޢަބްދުﷲގެ ޝަރީއަތް މިއަދު އޮތުމުން ސަރުކާރު ފިޓަށް ގޮސްފިކަން ހާމަވާ ކަމަށް، ޕީޕީއެމްގް ނާއިބްލީޑަރ އަދި ނައިފަރު ދާއރާގެ މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ސަރުކާރު ރަނގަޅަށް ފިޓަށް ގޮސްފިކަން ހާމަވާ ދުވަހެއް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާ އަކީ ވެސް ނުހައްގު ދައުވާ އެއް ކަމަށާއި އިދިކޮޅު ކޯލިޝަން ހިންގުމާ ޙަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރ ޢަބްދުއްރަޙީމް ޢަބްދުﷲ ގެ މައްޗަށް ވެސް އުފުލައިފައި ވަނީ ކުޅޭކުޅޭ ދައުވާއެއް ކަމަށް މެންބަރު ޝިޔާމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲގެ މައްޗަށް އުފުލި ދައުވާގެ ފުރަތަމަ އަޑު އެހުން މިއަދު ހެދުނު ވަނީ ބާއްވާފައެވެ. ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށް ފަހު މިއަދުގެ އަޑު އެހުން ވަނީ ނިންމާލައިފިއެވެ. ޢަބްދުއްރަޙީމުގެ މައްޗަށް ދައުވާކުރަނީ ޤާނޫނުލް ޢުޤޫބާތުގެ 515 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދަޢުވާއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑުރިންގެ ކުށުގެ ދައުވާއެވެ. މިއަދުގެ އަޑުއެހުމަކީ ރައީސް ޔާމީނުހެ މައްޗަށް އުފުލައިފައުވާ ދައުވާއަށްޖަވާބު ދާރީވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެކެވެ. މި އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މިއަދު މެންދުރު 2:00 އަށެވެ.
ރައީސް ޔާމީނު މިހާރުވެސް ގެންދަވަނީ، މަނީލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޙުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ ހައިކޯޓުން އިއްވި ޙުކުމް ސްޕްރީމްކީޯޓުގައި އިސްތިއުނާފު ކުރާނެކަމަށެވެ.