އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ދަރަވަންދުއަށް - މެޓް

ވޭތުވެދިޔަ  ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވާ ރަށަކީ ބ.އަތޮޅު ދަރަވަންދޫކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު 8:00އިން ފެށިގެން މިއަދު ހެނދުނު 8:00އާ ހަމައަށް ރާއްޖެއިން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވުނީ ދަރަވަންދުއަށެވެ. އެރަށަށް މި 24 ގަޑިއިރުގެ ތެރޭގައި 135.5 މިލި ލީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދަރަވަންދުވަށްފަހު ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހދ.ކުޅުދުއްފުއްޓަށެވެ. އެރަށަށް 22.5 މިލި ލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، ބ.އަތޮޅުގެ ބައެއް ރަށްރަށުގައި ވާރޭ ވެހުމުގެ ސަބަބުން ވަރަށްބޮޑަށް ފެންބޮޑުވެ ގެއްލުން ވެފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެގޮތުން މިއަދު ހެނދުނު 8:00އިން މެންދުރުފަހު 14:00އާ ހަމައަށް މާލެ އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ. މިވަގުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.