ހަފްލާތަކާއި ކުޅިވަރުތައް ބޭއްވުމުގެ ފުރުސަތު ހުޅުވާލަނީ

ހަފުލާތަކާއި ކުޅިވަރުތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.  

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ކޯވިޑް- 19 އިން ރައްކާތެރިވުމަށް ކަނޑައަޅައިފައިވާ ގައިޑް ލައިނާ އެއްްގޮތަށް ހުޅިވަރު މުބާރާތްތަކާއިި ހަފްލާ ތަކާއި ރަސްމިއްޔާތުތައް މިމަހު 20 އިން ފެށިގެން ބޭއްވޭނެކަމަށެވެ. 

ހަފުލާތަކާއި ކުޅުވަރުތައް ބޭއްވުމުގެ ފުރުޞަތު ހުޅުވާލުމުން ކުރިން އެއް ފަހަރާ އެންމެ ގިނަ ޢަދަދަކަށް އެއްވެވޭނީ 15 މީހުން ކަމަށް އޮތް އޮތުން ވަނީ ބާތިލު ވެފައެވެ. 

ކޮވިޑްގެ ޙާލަތު ރާއްޖޭަގައި މިހާރު ރަނގަޅު ވެފައި ވުމުން ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދަނީ ލުއިތައް ދެމުންނެވެ. މިމަހު ހަތަރު ވަނަ ދުވަހުނަ ފެށިގެން،ކަރަންޓީންވާންޖެހޭ މުއްދަތު ވަނީ 14  ދުވަހުން 10 ދުވަހަށް ބަދަލު ކޮށްފައެވެ. އަދި ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު  ރިސޯޓްތަކަށް ދެވޭނެ ގޮތަށްވެސް އުސޫލުތައް ވަނީ ބަދަލު ކޮށްފައެވެ. އަދި ޕީސީއާރު ޓެސްޓާ އެކު ރާއްޖެއުން ބޭރުން އަންނަ  ދިވެހިންނާއި ވާާކް ވިސާ އޮންނަ މީހުން ވެސް ކަރަންޓީނު ވާކަން ނުޖެހެއެވެ. 

މިހާރު ރާއްޖޭގައި ކޯވިޑް ޖެހިފައި ތިބީ 535 އެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް ވަނީ ވަރަޑަށް ދަށްވެފައެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ފެންނަގޮތުގައި 24 ގަޑީއިރު ތެރޭގައި  3171 ސާމްޕަލް ޓެސްޓްކޮށްގެން އަލަށް ކޯވިޑަށް ޕޮޒިޓިވްވީ އެންމެ 16 މީހުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.