ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފި

ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައ ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު 10 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި ކަނޑުމަތީގެ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓާއި މެރިން ފުލުހުން ގުޅިގެންނެވެ.

މިއޮޕަރޭޝަނާ ގުޅުން ހުރި އިތުރުބައެއް މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ. އޮޕަރޭޝަންގައި އަތުލައި ގަނެވުނު ޑުރަގުގެ ޢަދަދު، މިހާރު ކުރިއަށްދާ ސާޗު އޮޕަރޭޝަންތައް ނިމުމުން މީޑިއާތަކަށް ޙިއްސާ ކުރައްވާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ ފަރީދީ މަގު ބުލޮކްކޮށް އެ މަގުގައި ކާރެ ބަލައި ފާސްކޮށް ފޮރެންސިކް ހެކި އެއްކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. އެކާރުގައި ގިނަ އަދަދަކަށް މަސްތުވާތަކެތި ހުރި ކަމުގައި ޝައްކުވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ޑްރަދް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކަނޑާއި އެއްގަމުގައި މި އޮޕަރޭޝަން ކުރިއަށް ގެންދާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް ސީޕީގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. މިއޮޕަރޭޝަންގައި މިއަދު ހެނދުނުން ފެށިގެން މިހާތަނަށް އެތައް ތަނެއް ބަލައި ފާސްކޮށް މަސްތުވާތަކެތީގެ ވަގުފާރީގައި ބައިވެރިވާކަމަށް ޝައްކު ކުރެވޭ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ. 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.