ސައޫދީ އަރަބިއްޔާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތެރިން އެމީހުންގެ އާއިލާތަކަށް މިއަހަރުގެ ފުރަތަަމަ 10 މަސްދުވަހުގެ ތެރޭގައި ފޮނުވި ފައިސާ 2019 ވަނަ އަހަރުގެ އެ މުއްދުގައި ފޮނުވި ފައިސާއަށްވުރެ އިތުރުވެއްޖެއެވެ.
މިއަހަރުގެ ފުރަަމަތަ 10 މަސްދުވަހުގެ ތެރޭގައި 123.4 ބިލިއަން ސައޫދީ ރިޔާލް (32.9 ބިލިއަން އެމެރިކާ ޑޮލަރު) ފޮނުވާފައި ވާއިރު މިއީ 2019 އަ އަޅާބަލާއިރު މިއީ %18.58 ގެ އިތުރުވުމެކެވެ.
އާއިލާތަކަށް ފޮނުވި ފައިސާ މިހާ ބޮޑުތަން އިތުރުވެެފައި މިވަނީ ބިދޭސީ މަސައްކަތްތެރިން ކޮވިޑް-19 ގެ އަސަރުކޮށްފައިވާ އެމީހުންގެ އާއިލާތަަކަށް އެހީވި މިންވަރު އިތުރުވުމުންނެެވެ.
ވާލްޑް ބޭންކުން ފާއިތުވި އެޕްރީލް މަހު އަންދާޒާކޮށްފައި ވަނީ ކޮވިޑް-19 އިން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން މެދު އިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގައި މަަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން އާއިލާތަަކަށް ފޮނުވާ ފައިސާ %19.6 މަދުވާނެ ކަމުގައެެވެ. އެެހެންނަަމަަވެސް، ސައޫދީ އަރަަބިއްޔާގައި ތިބި ބިދޭސީން ފޮނުވި ފައިސާ އިތުރުވުމުން ކޮވިޑް-19 ގެ ސަބަބުން އެމީހުންނަށް ކުރި އަސަރު ހީކުރިވަރަށްވުރެ ކުޑަކަން ދޭހަވެއެވެ.
ސައޫދީ އަރަބިއްޔާގައި މަސައްކަތުގެ ދާއިރާގައި އުޅޭ 13.6 މިލިއަން މަސައްކަތްތެރީންގެ ހަތަރުބައިކުޅަ ތިންބަޔަކީ ބިދޭސީންނެެވެ. އެމީހުންގެ ބޮޑު ބަޔަކީ ސީރިޔާ (ސޫރިޔާ)، ޕާކިސްތާން، އިންޑިޔާ، ބަންގްލާދޭޝް، ފިލިޕީންސް އަދި ސްރީލަންކާގެ މީހުންެނެވެ.
ސައޫދީ އަރަބިޔަން މަނިޓަރީ އޮތީރިޓީ (ސަމާ) ގެ ތަފާސް ހިސާބުތަކުން މިއަހަރު ފުރަތަމަ 10 މަސްދުވަހު ބިދޭސީން ފޮނުވި ފައިސާ %18.58 އިތުރުވީކަމަށް ދައްކާާއިރު، ފޮނުވި ފައިސާ އެންެމެ ބޮޑަށް އިތުރުވެފައި ވަނީ ޖޫން މަހުއެވެ. ފާއިތުވި 2019 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު ފޮނުވި ފައިސާ ވަނީ %60 އިތުރުވެފައެވެ.