ހުޅުމާލޭ ފެރީއަކުން ފައިބަން އުޅުނު އަންހެނަކު މޫދަށް ވެއްޓިއްޖެ

ހުޅުމާލޭ ފެރީއަކުން މާލެ އައިސް މާލޭ ޓާމިނަލްއަށް ފައިބަން އުޅުނު އުމުރުން ދުވަސްވީ އަންހެނަކު ރޭ މޫދަށް ވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެރީން ފައިބަން އުޅެނިކޮށް ވެއްޓުނީ 50 އަހަރުގެ އަންހެނެކެވެ. އޭނާ ވެއްޓެން ދިމާވި ސަބަބެއް ކަމަށް ވަނީ ފެރީން ފައިބަން ވެގެން އައިސް ފައި އެޅިވަގުތު ކުއްލިއަކަށް ފެރީ ފަހަތަށް ޖައްސާލުމެވެ.

އަންހެން މީހާ ވެއްޓުމާއެކު އޭރު އެތަނުގައި ތިބި ބަޔަކު ވަނީ ވަގުތުން މޫދަށް ފުންމާލައިގެން އަންހެން މީހާ ސަލާމަތް ކޮށްފައެވެ. ނަމަވެސް ދޯނިން ވެއްޓިގެން ދިޔައިރު ދޯނީގެ ދިރުނބާކޮޅުގައި އޮންނަ ޓަޔަރުގައި އަންހެން މީހާގެ ފައި ޖެހި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވެއެވެ.

އަންހެން މީހާ މޫދުން ނަގައިގެން އެ ސަރަހައްދުގައި ތިބި މީހުން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ފަޔަށް ބޮޑަށް ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް ފައި ބިންދައިގެން ނުދެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.