އެމްއެމްއޭގެ ކުރީގެ ގަވަރުނަރަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.

ރާއްޖޭގެ ސެންޓްރަލް ބޭންކްގައި ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ޑރ. ފަޒީލް ނަޖީބު ވަނީ ޤަތަރުގެ ބޭންކެއްގެ އިސްމަގާމެއްވެސް އަދާކުރައްވާފައެވެ. އެނގިފައިވާ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ފަޒީލްއަށް ދެއްވީ ހުސްވި ހަފްތާގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފަޒީލް ވަނީ ރާއްޖޭގެ ސެންޓްރަލް ބޭންކުގައި ފަސް އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ މިހާތަނަށް ހުންނެވީ ގަތަރުގެ ބޭންކެއްގެ އިސް މަގާމެއްގަ އެވެ.

ޑރ ފަޒީލް ނަޖީބަކީ ޓްރޭޑް މިނިސްޓްރީގެ އެކި މަގާމުތައް ވަރަށްގިނަ ދުވަހު ފުރުއްވި ބޭފުޅެކެވެ. ފަޒީލް ނަޖީބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. މަޖިލީހުގެ ރައީސް މަސީހުގެ އެއްބަނޑު އެއްބަފާ ބޭބެއެއް ކަމަށްވާ އަބްދުއްލަތީފް މުޙަންމަދުވެސް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.