ހ.ފަހާގޭގައި ރޭ ރޯވި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ގޭގައި ރޯވި އެޕާޓްމެންޓުގައި ދިރިއުޅުނު މީހުންނަށް ސަރުކާރުން އެކޮމަޑޭޝަން ދޭން ނިންމައިފިއެވެ.
އަލިފާނުގެ ހާދިސާގައި ރޯވީ ހ. ފަހާގޭގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައެވެ. ސިފައިންގެ ފަޔަރ އިން ގޮސް ނިއްވާލި މި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމެންޓުގައި ދިރިއުޅުނީ ތިން އަންހެނުންނާއި ފިރިހެނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި އަލިފާން ގަނޑު ނިއްވާލެވުނުއިރު އެގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ކަމަށް ވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުންނެވެ. މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް އެޕާޓްމެންޓުގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.