ދުންފަތުގެ އިސްތިއުމާލު ނުކުރާ ގެތަކަށް ސަރުކާރުން އިނާމް ދޭން ނިންމައިފި

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ދިރިއުޅޭ ގޭބިސީ ތަކަށް އިނާމް ދޭން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމު ކޮށްފައިވާ އުސޫލެއްގައި ބުނެފައި ވަނީ އެގޮތަށް އިނާމެއް ދޭން ސަރުކާރުން ނިންމި މަގްސޮދަކީ އެންމެންނަކީވެސް ދުފަތުގެ އިސްތިއުމާލް ނުކުރާ އަދި ދުންފަތުގެ ދުމުން ސަލާމަތް ވެފައިވާ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުން ކަމަށެވެ.

ކޮންމެ އަހަރަކު އެއްފަހަރު ދޭން ނިންމި މި އިނާމަށް ނަން ހުށަހެޅޭނީ ދިވެހިން ދިރިއުޅޭ ގޭބިސީ ތަކުން އެކަންޏެވެ. މި އިނާމަށް ނަން ހުށަހަޅާ ކޮންމެ ގޭބިސީއަކީވެސް އެތަނުގައި ދިރިއުޅޭ މީހުން ދުންފަތުގެ އިސްތިއުމާލް ނުކުރާތާ މަދުވެގެން 1 އަހަރު ވެފައިވާ ގޭބިސީ އަކަށް ވާންވެސް ޖެހެއެވެ. އަދި އެއީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ގޭބިސީއެއްކަން ސާވޭއަކުންވެސް ކަނޑައަޅަން ޖެހެއެވެ.

އިނާމަށް ނަން ހުށަހަޅާ ގޭބިސީ ތަކުގެ ތެރެއިން އިނާމް ޙައްގުވާ ފަރާތްތައް ނިންމާނީ މިނިސްޓްރީ އޮފް ހެލްތް ގައި އެކަމަށް ޚާއްސަ ކޮށްފައި އޮންނަ ކޮމިޓީ އަކުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.