މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަވެ މޫސުން ގޯސް ވުމުގެ ސަބަބުން މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅު ތަކަށް ގަޑިއަކު ބާރަ މޭލާއި ބާރަ މޭލާ ދެމެދުގެ ބާރު މިނެއްގައި އަދި ރާއްޖޭގެ އެހެން ސަރަހައްދު ތަކަށް ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މިދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކުރުމަށް އަތޮޅު ތެރޭގެ ރަށްރަށަށްވެސް ގޮސްފައިވާ ދުވަސް ވަރަކަށްވެފައި ޗުއްޓީ ނިންމައި މާލެ އައުމަށް ގިނަ ބަޔަކު ކަނޑު ދަތުރު ކުރާނެތީ މޫސުމަށް ސަމާލުވުމަށްވެސް ކަމާބެހޭ އިދާރާ ތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.