އަކްޝޭ ކުމާރު 24ގަޑި އިރުތެރޭ 24 ފާޚާނާ ދައްކާލަނީ

އަކްޝޭ ކުމާރުގެ "އިންސްޓެގްރާމް ސްޓޯރީ"ގައި ކުރިއަށް އޮތް 24ގަޑި އިރުތެރޭ 24 ފާޚާނާ އާއްމުންނަށް ދައްކާލާނެއެވެ. އިންސްޓެގްރާމުގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި އަކްޝޭ ބުނަނީ މިއީ "ސްވަޗް އާޒާދީ" އާ ކައިރިއަށް އެޅުނު ފިޔަވަޅެއް ކަމުގައެވެ. މި ފާޚާނާތައް ހަދާފައިވަނީ "ޓޮއިލެޓް އެކް ޕްރޭމް ކާތާ" އާއި ކާޔާ ކޮންސްޓްރަކްޝަން ގުޅީގެން ކަމަށް އަކްޝޭގެ ވީޑިއޯގައި ބުނެއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ހިންގަވާ ކެމްޕޭން "ސްވަޗް ބާރާތް އަބިޔާން"، އިންޑިއާ ސާފުތާހިރުކޮށް ބޭއްވުމަށާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ހިންގާ ކެންޕޭނެކެވެ. އަދި ޚާއްޞަކޮށް ރަށްފުށުގެ އެކި ސަރަހައްދުތަކުގައި އާންމު ތަންތަނަށް ފާާޚާނާ ކުރުން ހުއްޓުުވުމަށް މި ކެންޕޭން ބާރު އަޅައެވެ. އަކްޝޭއަކީ މި ކެންޕޭނުގައި އަމަލީގޮތުުން ބައިވެރިވާ ފަންނާނެއްވެސްމެއެވެ.

"ޓޮއިލެޓް އެކް ޕްރޭމް ކަތާ" އަކީ އަކްޝޭ އާއި ނީރަޖް ޕަންޑޭ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ޝްރީ ނަރަޔަން ސިންގހެވެ. މިއީ 2012ވަނަ އަހަރު އިންޑީއާގެ އަންހެން ކުއްޖަކު ކައިވެނިކޮށް ފިރިމީހާގެ ގެއަށް ދާއިރު އެގޭގައި ފާޚާނާއެއް ނެތުމުން ފިލައިގެންދާ ހާދިސާއާއި ދާދި އެއްގޮތް ހާދިސާތަކެއް ހިމެނޭ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. އަނޫޕަމް ޚޭރުވެސް މި ފިލްމުގައި މުހިއމްު ރޯލެއް އަދާ ކުރެއެވެ.

ފިލްމު ޕްރޮމޯޓް ކުރަން އަކްޝޭ އާއި އަނޫޕަމް ޚޭރު، އަދި ފިލްމުގެ އެހެން ބައިވެރީން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް 24 ގަޑި އިރުތެރޭ 24 ފާޚާނާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ފާޚާނާ ދައްކާލުން މިއިީ އިޖްތިމާއީ ޚިދުމަތެއްގެ އިތުުރުން ފިލްމު ޕްރޮމޯޓު ކުރުމުގެ ހަރަކާތެއްވެސްމެއެވެ. މިހާތަނަށް އަކްޝޭގެ އިންސްޓެގްރާމް ސްޓޯރީގައި 3 ފާޚާނާއެއްވަނީ ދައްކާލާފައެވެ. އެއީ ޖައިޕޫރާއި، ދިއްލީއާއި، ހަރިޔާނާގައި ހަދާފައިވާ ފާޚާނާތަކެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.