ރޯދަމަޖާ: ޢަލީގެ ހެކި ދެއްކުން

ނޫހަށް ނަން އެރުން

ފުރަތަމަ މީހާ: އަހަރެންގެ ނަންވެސް ނޫހަށް އަރައިފި-

ދެވަނަ މީހާ: ލިޔެފައި އޮތީ ކީކޭ-؟

ފުރަތަމަ މީހާ: ލިޔެފައި އޮތީ ރާއްޖޭގެ އާބާދީ ހަތަރު ލައްކައަށް އެރި ވާހަކަ- އެ ހަތަރު ލައްކަ މީހުންގެ ތެރޭގައި އަހަރެންވެސް ހިމެނޭނެއެއްނު-؟

ހީކެރުވުން

ބަލިމީހާ: އަޅުގަނޑު ރޭ ހަތަރު ދަމު އޮތީ ހީ ކަރުވާ ވަރުން ތުރުތުރު އަޅައަޅައެވެ.

ޑަކްޓަރު: ތުރުތުރު އެޅި އިރު ދެ ދަތްޕިލާ ޖެހުނުތަ-؟

ބަލިމީހާ: އެޔެއް އަޅުގަނޑަކަށް ނޭނގޭ- ދަތްޕިލާ އޮތީ މޭޒުމަތީގައި ހުރި ފެންތަށީގެ ތެރޭގައި-!

ޢަލީގެ ހެކި ދެއްކުން

ޢަލީ ދިރިއުޅެނީ އިންޑިއާ ގައެވެ. އެއް ދުވަހަކު އޭނާ ފިހާރައަކަށް ވަދެ ހަރުގަނޑުތައް ބަލަމުން ގޮސް ބުޅަލުކާނާ ޕެކެޓެއް ނަގައިފި އެވެ. އެ ޕެކެޓު ހިފައިގެން ކައުންޓަރަށް ފައިސާ ދައްކަން އައީމާ ސޭޓު އަހައިފިއެވެ.

"ކަލޭ ތިޔައީ ދިވެއްސެއްތަ-؟"

ޢަލީ އާނއެކޭ ބުނީމާ ސޭޓަށް ޝައްކު ވެއްޖެއެވެ. ހިތަށް އެރިއެވެ. ދިވެހިންނަކީ ބުޅާ ގެންގުޅޭ ބައެއް ނޫނެވެ. ފަހަރެއްގައި ބުޅަލު ކާނާ ގެންގޮސް ދަރިންނަށް ކާންވެސް ދީފާނެއެވެ. ކަލޭ ގެންގުޅޭ ބުޅާ ގެނެސް ދެއްކީމާ ނޫނީ މިއެއް ނުވިއްކާނަމެވެ.

ޢަލީ ގެއަށް ގޮސް ބުޅާ ގެނެސް ދައްކައިފިއެވެ. ސޭޓު ބުޅަލު ކާނާ ވިއްކީ ދެނެވެ.

ދުވަސްކޮޅެއް ފަހުން ޢަލީ އެ ފިހާރައަށް އައިސް ކުއްތާކާނާ ޕެކެޓެއް ނަގައިފިއެވެ. އެ ދުވަހުވެސް ސޭޓަށް ޝައްކު ވެއްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. ދިވެހިންނަކީ މުސްލިމުންނެވެ. އެ މީހުން ކުއްތާއެއް ނުގެންގުޅޭނެ އެވެ. އެހެންވީމާ ބުންޏެވެ. ކުއްތާ ގެނެސް ދެއްކީމާ ނޫނީ މިއެއް ނުވިއްކާނަމެވެ. އެ ދުވަހުވެސް ޢަލީ އަށް ޖެހުނީ ކުއްތާ ގެނެސް ދައްކާށެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ޢަލީ އެ ފިހާރައަށް އައީ ކޮތަޅެއް ހިފައިގެންނެވެ. އައިސް ސޭޓާ ދިމާއަށް ބުންޏެވެ. މި ކޮތަޅަށް އަތް ކޮއްޕާލަބަލާށެވެ.

ސޭޓު ކޮތަޅަށް އަތް ކޮއްޕާލާފައި ކުއްލިއަކަށް އަތް ދަމައިގެންފިއެވެ. އޭނާގެ މުޅި އަތުގައި ހުރީ ގުޔެވެ. "ތިޔަ ކުރީ ކޮން ކަހަލަ ވިޔާ ނުދާ ކަމެއް-؟ ކޮތަޅުގައި ހުރީ ގުޔެއްނު-؟"

ޢަލީ ބުންޏެވެ. "އާނ- މިއީ ގުއި- އަހަރެން މި އައީ ޓޮއިލެޓް ޕޭޕަރު ރޯލެއް ގަންނަން-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.