އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް އީރާނުން ކުށްވެރިކޮށްފިއެވެ. މިއާއެކު އީރާން ހިމެނެނީ އިންޑިޔާގެ މުސްލިމުންގެ ދިފާއުގައި އެއްޗެއް ބުނި މަދު އިސްލާމީ ގައުމުތަކުގެ ތެރޭގައެވެ.
"އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް ރާވައިގެން ހިންގާ ހަރުކަށި އަމަލުތައް އީރާނުން ކުށްވެރިކުރޭ." އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ކުރެއްވި ޓުވީޓެއްގައި ވެއެވެ.
ޖަވާދު ޒަރީފުގެ މި ޓުވީޓާއެކު އިންޑިޔާއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ނިއުދިއްލީގައި ހުންނަވާ އީރާނުގެ ސަފީރު އަލީ ޗެގެނީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއަށް ހާޒިރުކޮށް، އީރާނުން ބުނި އެއްޗަކާމެދު އިންޑިޔާ ވަރަށް ބޮޑަށް ނުރުހިފައިވާކަން އީރާނު ސަރުކާރަށް އަންގައިދިނުމަށް އެދިފައެވެ.
އޭނާގެ ޓުވީޓުގައި އީރާނުގެ ޚާރިޖީ ވަޒީރު ވަނީ މުސްލިމުންނަށް ރައްކާތެރިކަން ދިނުމަށް އިންޑިޔާ ސަރުކާރުން ފިޔަަވަޅު އެޅުމަށް ގޮވައިލައްވާފައެވެ.
"އީރާނާއި އިންޑިޔާ ރަހްމަތްތެރިންގެ ގޮތުގައި ތިބޭތާ ގަރުނުތަކެއް ވަނީ ވެފައި. އިންޑިޔާގެ އެންމެހާ ރައްޔިތުން ހެޔޮ ހާލުގައި ތިބިކަން ކަށަރުވަރުކުރުމަށް އަހަރުމެން އިންޑިޔާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން." ޖަވާދު ޒަރީފުގެ ޓުވީޓުގައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ކުރިއަށް ދެވޭނެ މަގަކީ ސުލްހަވެރި ގޮތުގައި މަޝްވަރާކުރުމާއި، ގާނޫނުގެ ވެރިކަން ދެމެހެއްޓުން" ކަމުގައެވެ.
ނިއުދިއްލީގަައި ހިންދޫން ނުކުމެ މުސްލިމުންގެ ގެތަކާއި، ވިޔަފާރިކުރާތަންތަނަށާއި، މިސްކިިތްތަކަށް ހަމަލާދީ، ތަންތަނުގައި ހުޅުޖަހައި، ތަޅައި ސުންނާފަތިކޮށް، މުސްލިމުން 47 މީހުން ވަނީ މިހާތަނަށް މަރައިލާފައެވެ. މި އަނިޔާވެރި އަމަލުތަައް ކުރިއަށް ދިޔައިރު ފުުލުހުން ކުޅި ބަލަން ތިބި މަންޒަރާއި، ބައެއް ފަހަރު ފުލުހުން ހިންދޫންގެ ކޮޅުގައި ތިބި މަންޒަރު މީސްމީޑިޔާގައި އާއްމުވެފައި ވާއިރު މިއީ ބީޖޭޕީން ރާވައިގެން ހިންގި އަމަލެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިންޑިޔާ ރުޅި އައީ އީރާނުން ވެސް މިހެން ބުނުމުންނެވެ.
aharenge suvaalakee keehvehey mi raajjein ekan harukashi ibaaraathun kuhverinukuranee hindhoon india ga verikankuraathee ekan kuhveri kohfinama dhegaumuge gulhumah buroo araafaanethee noonee naredhura modi hiypulhaa nuve india indhey eheethakah madujehumeh aisfaanetheebaaey sarukaarah dhahnavan othee india ge nikamethiislamun maraairu ekankuhverinukoh libey ehee aharemen beynumeh nooney