ރައީސު ޓްރަމްޕް އިންޑިޔާއަށް ވަޑައިގެންފި

އެމެރިިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ. މިއީ ރައީސު ޓްރަމްޕް އިންޑިޔާއަށް ކުރައްވާ ފުރަަތަަމަ ދަތުރުފުޅެވެ.

ރައީސު ޓްރަމްފް ފުރަތަމަ ވަޑައިގަތީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އުފަން ސްޓޭޓް ކަމުގައިވާ ގުޖަރާތަށެވެ. އެ ސްޓޭޓުގެ އަހްމަދު އާބާދުން އޭނާ އަަށް ވަރަށް ކުލަ ގަދަ މަރުހަބާއެއް ދަންނަވައިފައެވެ.

ވިޔަފާރީގެ މައްސަލައިގައި ދެ ގައުމުގެ ދެެމެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި ވާއިރު، މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ވާނީ މި ޚިޔާލު ތަފާތުވުންތައް ނައްތާލައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމެވެ.

އަޙްމަދުއާބާދަށް ވަޑައިގެން ރައީސު ޓްރަމްޕް ވަނީ ދުނިޔޭ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ރަސްމީކޮށް ހުުޅުއްވައިދެއްވައި، އެތަނަށް ހާޒިރުވެ ތިބި ލައްކައެއްހާ މީހުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޓްރަމްޕްގެ ވާހަކަފުޅުުގައި އޭނާވަނީ ބޮޑުވަޒީރު މޯދީއަށާއި، އިންޑިޔާއަށާއި، އެމެރިކާގެ ރައްޔިތުންގެ ގޮތުގައި ތިބި އިންޑިޔާ ދަރިކޮޅުގެ މީހުންނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.

މިއަދު ޓްރަމްޕް ހުޅުވައިދެއްވި ސަރްދާރް ޕަޓޭލް ސްޓޭޑިއަމަކީ 1 ލައްކަ 10 ހާސް މީހުންެގެ ޖާގައިގެ ސްޓޭޑިއަމެކެވެ. 100 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ބިނާކުރި މި ސްޓޭޑިއަމް ހުޅުވުމާއެކު، 1 ލައްކަ މީހުންގެ ޖާގައިގެ މެލްބަން ކްރިކެޓް ގްރަޑުންޑަށް ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ގްރައުންޑުގެ މަގާމު ގެއްލިފައެވެ.

ރައީސު ޓްރަމްޕްގެ ވާހަކަފުޅުގައި "އެމެރިކާ އިންޑިޔާ ދެކެ ލޯބިވޭ، އެމެރިކާ އިންޑިޔާއަށް އިހުތިރާމުކުރޭޭ" ވިދާޅުވަމުން، ޓްރަމްޕް ވަނީ އިންޑިޔާއާއެކު 3 ބިލިއަން ޑޮލަރުގެ ދިފާއީ އެއްބަަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާކަން އިއުލާންކުރައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި "މިހާތަނަށް ވެފައި ނުވާވަރުގެ ބޮޑު ވިޔަފާރީގެ އެެެއްބަސްވުމެއް"ގައި އެމެރިކާއާއި އިންޑިޔާ ސޮއިކުރާނެކަންވެސް ހާމަކުރައްވާފައެވެ.

ގުޖަރާތުން ރައީސު ޓްރަމްޕް މިހާރު ވަނީ އާގްރާގައި ހުންނަ ތާޖްމަހަލް ބައްލަވައިލެއްވުމަށް އެތަނަށް ވަޑައިގެންފައެވެ. ތާޖްމަހަލް ބައްލަވައިލެއްވުމަށް ފަހު ރައީސު ޓްރަމްޕް އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް މިރޭ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިޔާގެ ރައީސު ރާމް ނާތު ކޯވިންދު ރައީސު ޑޮނާލްޑް ޓްރަމްޕަށް ރަސްމީ ގޮތުން މަރުހަބާ ވިދާޅުވުން އޮންނާނީ މާދަމާ ހެނދުނު ރިޔާސީ ގަނޑުވަރު، ރާޝްޓްރަޕަަތީ ބަވަންގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.