އަންހެނުންގެ ކޮމިޓީއަށް ކުރިމަތި ލުމުގެ ވަގުތު އިތުރުކޮށްދެއްވައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީތަކަށް ކުރިމަތިލާން ދީފައިވާ މުއްދަތު މިއަދު ހަވީރު 6:00 އަށް އިތުރު ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ ވަގުތު އިތުރުކުރެއްވީ އެކަމަށް ގިނަބަޔަކު އެދެމުންދާތީއެވެ. ކުރިން ހަމަޖެހިފައިވަނީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު 3:00 އަށް ހަމަވާ ގޮތަށެވެ. އީސީން ވިދާޅުވީ ވަގުތުރު އިތުރު ކުރެއްވުމުން ގިނަ މީހުންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ކޮމިޝަނުން ބޭނުންވަނީ ވެސް ގިނަ މީހުން ކުރިމަތި ލެއްވުން ކަމަށް ވެސް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ލޯކަލްކައުންސިލް އިންތިޚާބު އޮންނާނީ އެޕްރިން 4 ގައެވެ. މިއިންތިޚާބަކީ ކުރިން ހޯމް މިނިސްޓްރީން ބާއްވަމުން ގެންދެވި އިންތިޚާބެކެވެ. އެހެންނަމަވެސް ލާމަރުކަޒީ ޤާނޫނު އިސްލާޙު ކުރެއްވުމަށްފަހު އެ އިންތިޚާބުވެސް ބާއްވަމުން ގެންދަވަނީ އީސީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.