އަލިވިލެމުން މިދަނީ ތަރައްގީގެ އެންމެބޮޑު ވަސީލަތް ލިބިދޭ ފަތިހަށް: ރައީސް ނަޝީދު

އަލިވިލެމުން މިދަނީ ތަރައްގީގެ އެންމެ ބޮޑު ވަސީލަތް ލިއްބައިދޭ ފަތިހަށް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 'ރަށްވެހި ފަތިސް' ކެމްޕެއިން ފެށުމުގައި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ، އުމްރާނީ ތަރައްގީގެ ކަންކަމަކީ ކޮންމެ ބަޔަކު ތިއްބަސް ކުރަން ޖެހޭ ކަންކަން ކަމަށާއި އެއީ އާންމު ވައުދުތައް ކަމަށެވެ. " އުމްރާނީ ތަރައްގީއަކަސް، ތައުލީމީ ދަންމަރު އުފުލިއަކަސް، ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުންވިއަސްވެސް އަދި އިޖްތިމާއީ ރައްކާތެރިކަމަށް ވިއަސް، ރާއްޖޭގެ ރައްޔިތުންގެ އެންމެހައި ކަންކަން ހިންގައި ދިނުމުގެ ސީދާ ވަސީލަތަކީ ލާމަރުކަޒީ ނިޒާމު. " އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، ދިވެހިރާއްޖެ އަލިވިލެން މިދަނީ ދިވެހީން އަދި ނުދެކޭ ތަނަކަށް ކަމަށެވެ. އެގޮތުން މިނިޒާމަކީ ހަގީގީ ބާރުވެރިކަން އަތޮޅަށް ނުވަތަ ރަށަށް ނުވަތަ ސިޓީ އަށް ލިބޭނެ ނިޒާމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަލިވިލެނީ ތަރައްގީގެ އެންމެ ބޮޑު ވަސީލަތް އަޅުގަނޑުމެންނަށް ލިއްބައިދޭ ފަތިހަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ އެއްވެސް އެހެން ބައެއްގެ ފަތިހެއް ނޫން ކަމަށާއި، މިއީ އެމްޑީޕީގެ ރަންރީނދޫ ފަތިހެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މާލޭގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒަށް ދވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ހަލާކު ކޮއްލުމުގައި އާއި އަދި މާލޭ ހާލާކު ކޮށްލުމުގެ އެންމެ އިސް މޭސްތިރިއަކީ މުއިއްޒު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެފަރާތްތަކުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށް އެތަކެއް މަސައްކަތް ކުރިކަމަށް ނަޝީދި ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.