އެމްޑީޕީގެ ޖަލްސާއަށް ހާޒިރުވާން މުވައްޒަފުންނަށް އަންގާފައެއް ނުވާނެ: ފެނަކަ

މީރޭ ބާއްވާ އެމްޑީޕީގެ ޖަލްސާއަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ހާޒިރުވާން އަންގާފައި ނުވާނެ ކަމަށް އެކުންފުނީން ބުނެފައެވެ.

އެ ކުންފުނީން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ޚަބަރު ފަތުރައިފައިވަނީ ޗެނަލް 13 އިން ކަމަށެވެ. "އެމްޑީޕީން އިންތިޒާމުކޮށްގެން  މިރޭ ބާއްވާ ޖަލްސާ އަކަށް ހާޒިރުވުމަށް މިކުންފުނީގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެ އަސްލެއްތް ލިޔުމެއް ދައުރުކޮށް ޗެނަލް 13 އިން ދޮގު ޚަބަރު ފަތުރަމުންދާތީ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ސަމާލުވެލެއްވުމަށް އިލްތިމާސް ކުރަން،" އެތަނުން ވިދާޅުވެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އެފަދަ އެއްވެސް ލިޔުމެއް އެކުންފުނީގެ އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް ވިދާޅުވިއެވެ.

"މިފަދަ އެއްވެސް އެންގުމެއް އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަން،"

އެމައްސަލަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.