އަތޮޅުތަކުގެ އެކި ބަހުރުވަ ބޭނުން ކުރުމަކީ ބަސް މުއްސަނދި ވާނެ ކަމެއް : ރައީސް

ރާއްޖޭގެ އަތޮޅުތަކުގައި ބޭނުން ކުރާ ދިވެހި ބަހުގެ އެކި ބަހުރުވަތައް ބޭނުން ކުރުމަށް ތަރުހީބު ދިނުމަކީ ބަސް މުއްސަނދިވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓުގައި މާދަރީ ބަހުގެ ދުވަހުގެ ތަހުނީޔާ ހުރިހާ ދިވެހީންނަށް އެމަނިކުފާނުވަނީ  ފޮނުވަމުން އެމަނިކުފާނު ވިދާޅުވީ، ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި އެއަތޮޅެއްގެ ބަހުރުވަ ބޭނުން ކުރުމަށް ތަރުހީބު ދޭން ޖެހޭ ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ބަސް މުއްސަނދިވެގެން ދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިއާރަކަށް ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" އެވެ. ދުނިޔޭގައި މިދުވަސް ފާހަގަ ކުރާތާ މިއީ 20 ވަނަ އަހަރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.