މިމަހުގެ 29 ގައި އެމެރިކާއާއި ޠާލިބާން ސުލްހައިގެ އެއްބަސްވުުމުގައި ސޮއިކުރަނީ

އެމެރިކާ ސިފައިންގެ ބަޔަކު އަފްޣާނިސްތާނުގައި ހަރަކާތްތެރިވަނީ

މި ހިނގާ ފެބުރުވަރީ މަހުގެ ފަހު ދުވަހު އެމެރިކާއިން ޠާލިބާން ޖަމާއަތާއެކު ސުލްހައިގެ އެެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ. ޠާލިބާން ޖަމާއަތުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ނެރުއްވި ބަޔާނެއްގައި ވާގޮތުން ޠާލިބާންއާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނީ މުޅި ގައުމުގައި އެކަށީގެންވާ ދަރަޖައަކަށް ހަމަލާތައް މަދުކުރުމަށް ޠާލިބާުނުންނާއެކު ވެފައިވާ އެއްބަސްވުން އަމަލީގޮތުން ތަންފީޒުކޮށް ނިމުމުންނެވެ.

އަފްޣާނިސްތާނުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެއްބަސްވެވިފައިވާ ގޮތަށް ޠާލިބާން ހަނގުރާމަވެރިންނާއި، އަފްޣާނިސްތާނުގައި ތިބި ބައިނަލްއަގުވާމީ ސިފައިންނާއި، އަފްޣާން ސަރުކާރު ސިފައިންގެ މެދުގައި އެއް ހަމަލާތައް ބަދަލުކުރުން ހަފުުތާއަށް ހުއްޓާލުމަށް އަމަލީ ސިފަގެނައުމުގެ މަސައްކަތް ފަށަން މިހާރު ވަނީ ނިންމާފައެވެ. އަފްޣާން ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވަނީ މިރޭ (ހުކުރު ދުުވަހުގެރޭ) ކާބުލް ގަޑިން މެންދަމު 12 ޖަހާއިރު މިކަމަށް އަމަލުކުރަން ފަށާނެ ކަމަށް ބޭރުގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވާފައެވެ.

ޠާލިބާން ޖަމާއަތުން ނެރުނު ބަޔާނެއްގައި ވެސް އެމެރިކާއާއެކު ސުލްހަައިގެ އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާކަން ވަނީ ޔަގީންކޮށްދީފައެވެ.

"އަފްޣާނިސްތާނުގެ އިސްލާމީ އިމާރަތު (ޠާލިބާންގެ ސަރުކާރަށް އެ ޖަމާއަތުން ކިޔާ ނަން) ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާ ދެމެދު ކުރެވުނު ދިގު މަޝްވަރާތަކަށް ފަހު ނިންމުނު އެއްބަސްވުމުގައި ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ހާޒިރުގައި ސޮއިކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ." ޠާލިބާންގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.