ދެއަހަރު ނުވާ ކުއްޖާއަށް އިހުމާލުވުމުން، މައިންބަފައިންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ޢުމުރުން ދެ ދެއަހަރު ނުވާކުއްޖަކަށް ގއ. ކަނޑުހުޅުދޫގައި، ޖިންސީ ގޯނާކުރިކަން އެނގި ތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ނާންގައި ކުއްޖާއަށް އިހުމާލު ވެފައިވާތީ އެކުއްޖާގެ މައިންބަފައިންނަށް ދަޢުވާ ކޮށްދިނުމަށް ޕްރޮސެކިޔުޓަރޖެނެރަލް އޮފީހަށް ހުށަޅައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމަށްފަހު ޕީޖީއާ މަޝްވާރު ކުރެއްވުމަށްފަހު ކުއްޖޭގެ ބައްޕަ މިހާރުވަނީ ބަންދުން ދޫކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެކި ދުވަސްމަތީން އެކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ކާފައަށާއި މުނިކާފައަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް ކުއްޖާގެ ބައްޕައާއި މަންމައަށް އެކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރުމަކީ އިހުމާލުވުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ކުއްޖާގެ ބައްޕަ ބަންދުކުރީ މިއަހަރު ޖެނުއަރީ 18 ވަނަ ދުވަހުގައެވެ. ކުއްޖާގެ ބައްޕައާއި މަންމަގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިހިނގާ ފެބުރުއަރީ 16 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. ކުއްޖާގެ ބައްޕަ ދޫކޮށްލާފައިވަނީ ފެބުރުއަރީ 17 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.