ފިލައިގެން އުޅުނު އައިސަރު ނަސީމް ހޯދައި ބަންދު ކޮށްފި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އަށް ޓެސްޓެއް ހަދަން މިއަދު ގެންދިޔަ ގައިދީ އައިސަރު ނަސީމް ފިލުމުން އޭނާ ހޯދައި ބަންދުކޮށްފި ކަމަށް ކަރެކްޝަނުން ވިދާޅުވެއްޖެއެވެ.

އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުންނެވެ. އޭނާ އެތަނަށް ގެންދިޔައީ ޓީބީ ފަދަ ބައެއް ބަލިތަކަށް ސްކްރީން ކުރުމަށް ކަމަށް އެމްސީއެސް އިން ވިދާޅުވިއެވެ.

މިއަދު ހެނދުނު އޭނާ ފިލުމާއެކު އެމްސީއެސް އިން ވަނީ އެމައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައެވެ.

ފިލައިގެން އުޅެނިކޮށް އޭނާ އަތުލައިގެން ބަންދުކޮށްފައިވަނީ މިއަދު 2:10 އެހައި ކަންހާއިރު ކަމަށް ކޮރެކްޝަނުން ވިދާޅުވިއެވެ. އޭނާ ފެނިފައިވަނީ ކޮންތާކުން ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ގދ. ރަތަފަންދޫ، ވެލީގޭ، އައިސަރު ނަސީމް ކަލަށް ލައިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އޭނާ ހޯދުމަށް ފުލުހުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ކަރެކްޝަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.