ފާއިޒަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން އަލުން ދެއްވަން ނުފެންނަ ކަމަށް ލަފާދެއްވަނީ

ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒަށް ސްޕްރީމްކޯރޓްގެ ފަނޑިޔާރުކަން ، އަލުން ދެއްވަން ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިޔާއަށް ލަފާ ދެއްވުމަށް ޖުޑިޝަލަ ސާރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ނިމަވައިފިއެވެ.

ޖޭއެސްސީ އިން މިގޮތަށް ނިނަމައިފައި ވަނީ އިއްޔެ ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ. ކުރިން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމުގައި ފާއިޒް ހުންނެވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނާ ޚިލާފު އަދި ސުޕްރީމް ކޯޓުގެ އިޙްތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިޙްތިސާސްގެ ތެރެއަށް ވަދެ އެ ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި ފާއިޒްވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ދިރާސާ ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވާތީ އެވެ. އަދި އެމަޝްވަރާ އެކޮމިޝަނުން ޤަބޫލު ކުރުމަށް ނިންމައިފައި ވުމާ ގުޅިގެންނެވެ. ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީގެ މަޝްވަރާއަށް ރައީސް ފޮނުއްވާފައިވަނީ ޑިސެންބަރ މަސް ތެރޭގައެވެ.

ސްޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ ސްލޫކީ މައްސަލަތަކެއް ބައްލަވައި މަޖިލީހުން އެފަނޑިޔާރުން މަޤާމުން ވަކިކޮށްފައި ވަނީ ފާއިޒަށް ކުރެއްވި ފަދަ ތުޙުމަތު ތަކާ ގުޅިގެންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.